22 ނޮވެމްބަރު 2024

Advertisement

ޓެސްލާއިން ޝަންހާއީ ފެކްޓްރީގެ މަސައްކަތްތެރިން ވަކިކުރަނީ

07 ޖުލައި 2023
-

އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ އިން ޝަންހާއީ ޕްލާންޓުގައި ބެޓެރީ އުފެއްދުމުގެ ބައެއް މަސައްކަތްތެރިން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބޭރުގެ ނިއުސް އެޖެންސީތަކުން ރިޕޯޓްކޮށްފިއެވެ.

ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން ވަކިކޮށްފައިވަނީ ކިތައް މަސައްކަތްތެރިން ކަމާއި ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން ޓެސްލާގެ ބަހެއް ހޯދަން އުޅުމުން ނުލިބޭ ކަމަށް ރޮއިޓާސްއިން ރިޕޯޓް ކޮށްފައި ވެއެވެ.

ވަޒީފާއިން ވަކިކުރި މީހުންގެ މައްސަލަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޗައިނާގެ އޮންލައިން ނިއުސް ޕޯޓަލް ޑީޕް އެނަލިސިސް އިން ބުރާސްފަތި ދުވަހުއެވެ.

Advertisement

ޓެސްލާގެ އެންމެ ބޮޑު އަދި އެންމެ އުފެއްދުންތެރި ޕްލާންޓް ކަމަށްވާ ޝަންހާއީގެ ގިގަފެކްޓަރީ ގައި ގާތްގަނޑަކަށް 20،000 މީހުން ވަޒީފާ އަދާކުރާއިރު، އޭގެ ތެރޭގައި މޮޑެލް Y އާއި މޮޑެލް 3 ގެ އެސެމްބްލީ ކުރާ މީހުން ހިމެނެ އެވެ.

Advertisement

ކޮމެންޓް