22 ނޮވެމްބަރު 2024

Advertisement

ކްރިއޭޓިވް އެކޮނޮމީގައި ކޮންމެ ތާކު ހުރެގެންވެސް މަސައްކަތްކުރެވޭނެ: ރައީސް

10 ފެބްރުއަރީ 2024

ކްރިއޭޓިވް އެކޮނޮމީގައި ކޮންމެ ތާކު ހުރެގެންވެސް މަސައްކަތްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިހާރު ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައެވެ.

ތ.ކިނބިދޫ، އުފާ، އާއިޝަތު ރައުނާ މުޙައްމަދު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކި ކަހަލަ ޓެލެންޓް ހުރި މީހުން އެބަތިބި ކަމަށާއި އެމީހުންނަށް އޮންލައިންކޮށް ތަކެތި ވިއްކާ މާކެޓްކުރެވޭނޭ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ޢަމަލީގޮތުން މަސައްކަތްތުގެ މައިދާނަށް ނިކުންނަށް ބޭނުންވާ ކުދިންނަށް އަލަށް ތަރައްޤީކުރާ ރިސޯޓްތަކާއި އިޤްތިޞާދީ އެހެނިހެން ފުރުޞަތުތަކުގައި ބައިވެރިވެ، ވަޒީފާގައި އުޅެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެ މަސައްކަތްތަކާއިމެދު ޒުވާނުން އުއްމީދު އައުކޮށް ކުރިއަށްދިއުމަށް ވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް