22 ނޮވެމްބަރު 2024

Advertisement

ވެން ޑަރ ސާރގެ ސިކުނޑިން ލޭއައުމުން ފަރުވާދެނީ

08 ޖުލައި 2023
-

ނެދަލެންޑްސްގެ ކުރީގެ ކީޕަރު އެޑްވިން ވެން ޑާ ސާގެ ސިކުނޑި ވަށައިގެން ލޭއައުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭނާގެ ކުރީގެ ފުޓްބޯޅަ ކްލަބް އަޔެކްސް އިން ބުނެފި އެވެ.

އުމުރުން 52 އަހަރުގެ ވެންޑަރ ސާރގެ ހާލު ސްޓޭބަލް ކަމަށް ކްލަބުން ބުނެފައިވެ އެވެ.

"އަޔަކްސްގެ އެންމެންވެސް އެދެނީ އެޑްވިންއަށް އަވަސް ރަނގަޅުވުމަކަށް. ވީ އާ ތިންކިންގް އޮފް ޔޫ،" ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Advertisement

ޑަޗް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެން ޑަރ ސާ ބަލިވީ ކްރޮއޭޝިއާގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.

ދުނިޔޭގެ މައްޝޫރު ބޮޑެތި ކްލަބްތަކަށް ކަމަށްވާ އަޔެކްސް، ޔުވެންޓަސް އަދި މެންޗެސްޓަރ ޔުނައިޓެޑްއަށް ވެންޑަރ ސަރ ވަނީ ކުޅެދީފައެވެ. އަދި ނެދަލެންޑްސްގެ ގައުމީ ޓިމަށް 130 މެޗް ވަނީ ކުޅެފައެވެ.

"ގާތްގަނޑަކަށް 11 އަހަރު ބޯޑުގައި ހުރުމަށްފަހު އަހަރެން މިހުރީ ވަރުބަލިވެފައި،" މެއި މަހު އަޔެކްސް ދޫކޮށްލާނެކަން އިއުލާން ކުރަމުން އޭނާ ބުންޏެވެ.

Advertisement

ކޮމެންޓް