22 ނޮވެމްބަރު 2024

Advertisement

ފެނަކައިގެ ޗެއަރމަންގެ މަގާމަށް ޝަހީރު

11 ފެބްރުއަރީ 2024

ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަންގެ މަގާމަށް އަހްމަދު ޝަހީރު ހަމަޖައްސަވައިިފިއެވެ.

މައުލޫމާތު ލިބފައިވާ ގޮތުގައި އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ މި މަހުުގެ އަށްވަނަ ދުވަހުއެވެ.

ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ގެ ރައީސް ހަމްދީ އަގީލް ފެނަކަ އަށް ފޮނުއްވި ސިޓީގައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަދި ބޯޑް މެންބަރުކަމަށް މ. ލާލުބާއު، އަހްމަދު ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ.

Advertisement

ޝަހީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައެވެ.

Advertisement

ކޮމެންޓް