22 ނޮވެމްބަރު 2024

Advertisement

"ނެޝަނަލް ތެލެސީމިއާ ކޮންފަރެންސް" ކުރިއަށް

13 ފެބްރުއަރީ 2024
ފޮޓޯ: ޕީއެސްއެމް

"ނެޝަނަލް ތެލެސީމިއާ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

މިއީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމްކޮށްގެން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާތަކާއި އެކުދިންނަށް ދެވޭ ފަރުވާތަކަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތެލެސީމިއާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް މި ބައްޔާ ގުޅޭގޮތުން އަހުލުވެރިކުރުވުމުގެ މަޤްސަދުގައި ބާއްވާ މި ކޮންފަރެންސްގެ ފުރަތަމަ ބައިގާ ބައިވެރިވާނީ ޑޮކްޓަރުންނާއި، ކްލިނިކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތެކެވެ. މި ބައިގައި ތެލެސީމިއާގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި ފަރުވާ ދިނުމަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

Advertisement

ދެވަނަ ބައި މިމަހުގެ 15އިން 17 އަށް ކުރިއަށް ގެންދާއިރު، މިބައިގައި ބައިވެރިވާނީ ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނެވެ.

އެގޮތުން ތެލެސީމިއާ ހުންނަ ކުދިންނަށް އަމިއްލައަށް ދެވިދާނެ ފަރުވާތަކާ ގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިބައިގައި 100 އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިފަހަރުގެ ކޮންފަރެންސްގައި މޯލްޑިވިއަން ބްލަޑް ސަރވިސް އާއި އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީ ޓޮޕާއި ވިލިމާލެ ހޮސްޕިޓަލުން ބައިވެރިވެއެވެ. އަދި އޮންލައިންކޮށް އަތޮޅުތެރޭން 60 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ވެސް ބައިވެރިވާނެއެވެ.

Advertisement

ކޮމެންޓް