22 ނޮވެމްބަރު 2024

Advertisement

ބަތަލުންގެ ޒިކުރާ އާކުރުމަކީ ފަސްގަނޑަށް އޮތް ލޯބި އާލާވާކަމެއް: ނައިބު ރައީސް

14 ފެބްރުއަރީ 2024

ބަތަލުންގެ ޒިކުރާ އާކުރުމަކީ ފަސްގަނޑަށް އޮތް ލޯބި އާލާވާކަމެއް ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1445 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ އަލިރަސްގެފާނުގެ ގުރުބާނީ އަޅުގަނޑުމެން ތާއަބަދަށް ހަނދުމަކުރުމަކީ މި ޤައުމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

Advertisement

ޝަހީދުންގެ ދުވަހަށް ދޭންޖެހޭ ހާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރައްވަން ފެއްޓެވިކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ނައިބު ރައީސް ވިދާޅުވީ އަލިރަސްގެފާނުފަދަ ޤައުމީ ބަތަލުންގެ ޒިކުރާ އެންމެހާ ދިވެހިން އައު ކުރުމަކީ ދިވެހި ފަސްގަނޑަށް އޮތް ލޯބި އާލާވާ ކަމެއްކަމަށެވެ. އަދި ޤައުމީ ވާޖިބު އަދާކުރައްވަނިކޮށް ޝަހީދުވާ އެންމެހާ ހިދުމަތްތެރިންގެ ހިދުމަތް ފާހަގަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް