22 ނޮވެމްބަރު 2024

Advertisement

ކޭންޕު ފުރާވަރު ފަށައިފި

16 ފެބްރުއަރީ 2024

’ކޭންޕު ފުރާވަރު'' އިމާދުއްދިން ސްކޫލުގައި ފަށައިފިއެވެ.

މިއީ ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

Advertisement

އޭގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމުން ދުރުހެލިކުރުވައި އަދި ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އިމާދުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދާ ކޭންޕު ފުރާވަރުގައި 50 އަންހެން ދަރިވަރުންނާއި 58 ފިރިހެން ދަރިވަރުން ހިމެނޭހެން 108 ދަރިވަރުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް