22 ނޮވެމްބަރު 2024

Advertisement

އަމީނީ މަގު ހަދަމުންދާއިރު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

04 އޭޕްރީލު 2023
-

މާލެ ސިޓީގެ އަމީނީ މަގު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ސަރަހައްދުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި އަލުން ހިދުމަތްދޭން ކުރަން ޖެހޭ މަސައްކަތްތައް އެކުންފުނިން ވަގުތުން ވަގުތަށް ކުރަމުން ގެންދާނެ ކަމަށެވެ.

އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ދިމާވާ އެންމެހާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށް އެމަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

Advertisement

ކޮމެންޓް