މ. އަތޮޅު ކޮޅުފުށީގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބިގެން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 2 އަހަރު ނުވާ ކުޑަކުއްޖެކެވެ.
އެ ރަށު ކައުންސިލުން ވިދާޅުވީ އެކުއްޖާ މަރުވެފައި އޮއްވައި ފެނުނީ މިއަދު 11:00 ހާއިރު ކަމަށެވެ. މީގެ އިތުރުން އެރަށު ކައުންސިލުން ވިދާޅުވީ އެކުއްޖާ ސިއްހީމަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ގެނބިގެން މަރުވެފައިކަމަށެވެ.