އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީޤް މަޤާމުން ވަކިކޮށްފި
 
                            މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ފާތިމަތު ތައުފީޤް މަޤާމުން ވަކިކުރައްވައިފިއެވެ.
މަޤާމުން ވަކިކުރި ސަބަބެއް މިހާތަނަށް ޕީސީބީން ހާމަކުރައްވާފައި ނުވެއެވެ.
ފާތިމަތު ތައުފީޤް އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕަރސަން އައިޝާ ނޫރްއައިން ޖަނާހްވެސް ވަނީ އިއްޔެ މަޤާމުން އިސްތިއުފާ ދެއްވައި އެކަން ޕީސީބީއަށް އަންގަވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ރާފިލްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
 
           
           
           
           
          