22 ނޮވެމްބަރު 2024

Advertisement

ހޯރަފުއްޓަށް އައި ކުރިއެރުން ރައްޔިތުން ބަލައިގަންފި: ރައީސް

19 ޖުލައި 2023
-

މި ވެރިކަމުގައި ހއ. ހޯރަފުއްޓަށް އައި ކުރިއެރުން ރައްޔިތުން ބަލައިގަތުމަކީ ވަރަށް އުފާވެރި އިހްސާސް ކަމަށާއި މި ތަރައްގީގެ ފައިދާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ދައުރެއްގެ ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހޯރަފުއްޓަށް ކުރައްވާ ފަސް ވަނަ ދަތުރު ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ހޯރަފުށީގައި އެޅި ފަހުން ތިން ދަތުރު އެމަނިކުފާނަށް ކުރެއްވިއްޖެ ކަމަށާއި އެ އުފާވެރިކަން ބަނދަރުގައި މަރުހަބާ ދަންނަވަން ތިބި ކުދިންގެ ފަރާތުން މިއަދު ފެނިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ރަށަށް މި އަންނަ ބަދަލު މިއޮތް އުލިގަމުންނާއި ތުރާކުނުންނާއި އިހަވަންދޫން ވެސް އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަކީ މި ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ގެންނަން ބޭނުންވާ ތަރައްގީ ކަމަށެވެ. އެ ނޫން އެހެން އެއްވެސް އެޖެންޑާއެއް އެމަނިކުފާނުގެ ވެރިކަމުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"މި ރަށުގެ އެއާޕޯޓު ތަރައްގީ ކުރެވިއްޖެ. އެއީ މި ސަރުކާރުން ހުޅުވި ފުރަތަމަ އެއާޕޯޓު. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މި ދައުރު ނިމުމުގެ ކުރިން އޭގެ އިތުރު (މިހާރު އަޅަމުންދާ އެއާޕޯޓު ތަކުގެ އިތުރުން) ފަސް އެއާޕޯޓެއްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް