ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ހިލްޓަން ކުންފުންޏަށް ފައިސާ ނުދައްކާތީ ސިންގަޕޫރުގައި ހިފެހެއްޓި ދިވެހި ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ސިޔާމްގެ ޕާޓީ އެމްޑީއޭއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ ސިޔާމް މިރޭ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ސިޔާމް ފުރުން މަނާކުރީ ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ ގައުމަށް ވަޑައިގަތީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ވެސް މިދިޔަ ހަފުތާގައި އުޅުއްވުމަށް ފަހު އެވެ.
ސިޔާމްގެ ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން ކުރިން އަންގާފައިވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. އެގޮތަށް އެންގީ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގަ އެވެ.
އެކަމަކު ހުކުމާ އެއްގޮތަށް އެ ފައިސާ ނުދެއްކުމުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހިލްޓަންއިން ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅީ އެވެ. އަދި އެ ނިންމުން ތަންފީޒުކުރަން ހިލްޓަނުން ރާއްޖޭގެ ކޯޓުތަކަށް ވެސް ކުރިން މައްސަލަ ހުށަހަޅާފައިވެ އެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.