22 ނޮވެމްބަރު 2024

Advertisement

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

24 ޖޫން 2024

މާލެ އިން އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމަުން އަންނަނީ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) ޙުސައިން ޒިހާން އެވެ.

އޭނަ ޒިހާން އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެ އެވެ.

Advertisement

އެހެންވެ ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

ފުލުހުން މިހާރު ވެސް އަންނަނީ ފުވައްމުލަކަށް ނިސްބަތްވާ 24 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންނެވެ. މި މަހުގެ 14 އިން ފެށިގެން ގެއްލިފައި ވަނީ ފުވައްމުލަކު ދިގުވާނޑު/އެފްރޯ، އަހުމަދު އިޔާޝް ވަސީމެވެ.

Advertisement

ކޮމެންޓް