ސަރުކާރުގެ ހަރަދު ކުޑަކުރަން ސްޓްރެޓެޖީއެއް އެކުލަވާލަނީ
ދައުލަތުގެ ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތާއި އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެ ވެ.
އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެ ކަންކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށް ވެސް އިއްޔެގެ ބައްދަލުވިމުގައި ނިންމަވާފައިވެ އެވެ.