ޗަމްޕާ ބްރަދާސް އިން 3 ރަށަކަށް މެޑިކަލް ސާމާނު ހަދިޔާކޮށްފި
ޗަމްޕާ ބްރަދާސް އިން ތިން ރަށަކަށް ފިޒިއޮތެރަޕީ ފަރުވާ އަށް ބޭނުންކުރާ މެޑިކަލް ސާމާނު ހަދިޔާކޮށްފި އެވެ.
އެ ތިން ރަށަޖީ ޅ. ހިންނަވަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ހއ. ހޯރަފުއްޓެވެ.
އެ ރަށްތަކަށް ހަދިޔާކުރި ސާމާނު ޗަމްޕާ ބްރަދާސްގެ ހިއްސާދާތުންގެ ތެރޭގައި ހިމެނޭ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ހެލްތު މިނިސްޓްރިއާ އިއްޔެ ހަވާލުކޮށް ދިނީ ދަރިކަނބަލުން ސާރާ މޫސާ އެވެ. ތަކެތި ހަވާކުރުމުގެ ހަފުލާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތިން ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރުން ބައިވެރިވެވެވަޑައގަތެވެ.
މިނިސްޓަރު ޗަމްޕާ ބްރަދާސް އިން ތިން ރަށަށް ހަދިޔާކުރި ސާމާނުގެ ސަބަބުން އެ ރަށްތަކުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަކުގެ ރައްޔިތުންނަށް ވެސް ފިޒިއޮތެރަޕީގެ ހިދުމަތް ހޯދަން ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
ޗަމްޕާ ބްރަދާސް އަކީ މުޖުތަމައުގެ ލާބަ އާއި މަންފާ އަށް އަބަދު ވެސް ތަފާތު ގޮތްގޮތުން އެހީވަމުން އަންނަ ކުންފުންޏެވެ. ރާއްޖޭގައި ހިންގާ އެންމެ އެއް ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ ޓްރީ ޓޮޕަކީ ވެސް ޗަމްޕާ ބްރަދާސްގެ ހިއްސާގައި ހިންގަމުން އަންނަ ތަނެކެވެ.