އާރްސީއެލް އިން އެމްޕީއެލްއާ އެކު އެއްބަސްވުމަކަށް
އެއާޕޯޓްތަކަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި އާރްސީއެލް ފަރާތުން އިއްޔެ ސޮއިކުރެއްވީ ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން މުބީން ވިދާޅުވީ މިއީ އެއާޕޯޓަކަށް ދިމާވެދާނެ އމެޖެންސީ ހާލަތެއްގައި އެތަނެއްގެ އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުންކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން ހޯދަން ހެދި އެއްބަސްވުމެއް ކަމަށެވެ.
އެހެންވެ މީގެ ސަބަބުން އެމަޖެންސީ ހާލަތެއްގައި ވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށް ދެމުންދާ ހިދުމަތްތައް ބުރުލެއް ނާރައި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.