25 ނޮވެމްބަރު 2024

Advertisement

ޖޭޕީ ދޫކުރައްވާ ކޮންޓްރޯލަރ ހަނަފީ އެމްޑީޕީއަށް

27 ޖުލައި 2023
-

އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ޖުމްހޫރީ ޕާޓީ ދޫކުރައްވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.އެނާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތީ އާއިލީ ބައެއް މެމްބަރުންނާއިވެސް އެކުގައެވެ. ހަނަފީގެ އާއިލީ 60 މެމްބަރުންނާއި އެކު އެމްޑީޕީއަށް ސޮއިކުރެއްވި ފޯމްތަކާއި އެމްޑީޕީގެ ފަރާތުން ހަވާލުވެޑައިގަތީ ޕާޓިގެ އިސް ލީޑަރ އަދި ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރކަން ކުރިން ކުރައްވާފައިވާ ހަނަފީ އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމި ހިސާބުން މުޙައްމަދު އަޙްމަދު ހުސައިން ވަނީ އެޕާޓީން ވަކިވެޑައިގެންފައެވެ.ޖޭޕީން ވަކިވެވަޑައިގެންކަން އަންގަވާ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި ހަނަފީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.  

Advertisement

ކޮމެންޓް