ޓާމު ބަންދުގައި ޓީޗަރުން ވަޒީފާއަށް ނެރުން މަނާކޮށްފި
ޓާމު ބަންދުގައި ޓީޗަރުން ވަޒީފާއަށް ނެރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން މަނާކޮށްފިއެވެ.
މިކަން އެ މިނިސްޓްރީ އިން ސުކޫލަށް އަންގާފައިވަނީ ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. މި ސާކިއުލާގައި ބުނެފައިވަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
މިފަދައިން ސުކޫލުތަކަށް ސާކިއުލާއެއް ފޮނުވާފައިވާއިރު މިނިސްޓަރު ވަނީ މުދައްރިސުން ސްކޫލުގެ ތެރޭގައި ހޭދަކުރާ މިންވަރު މަދުކޮށް، އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު ވިދާޅުވެފައިވެއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުއްވި އިންޓާނަލް މެމޯއެއްގައެވެ.
މިއާއެކު މުދައްރިސުންނަށް ޓާމު ބަންދުތަކުގައި އިތުރު މަސައްކަތްތަކެއް ނުކުރެވޭނެއެވެ.