ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފި
ކަސްޓަމްސްގެ ވެރިޔާގެ މަގާމިން ވަކިކޮށް، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މި ހަފުތާގައި އައްޔަންކުރި މުހައްމަދު މާނިއު އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން މާނިއު ވަކިކޮށް ހޯމަ ދުވަހު އެ މަގާމަށް އައްޔަންކުރީ މާނިއު ވަކި ކުރެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާނަށް މާނިއު އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ގަ އެވެ. އޭނަ އަކީ ކުރިން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްކަމާއި އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ.