22 ނޮވެމްބަރު 2024

Advertisement

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތްކޮށްފި

27 ޖުލައި 2024

މުވައްޒަފުން އިސްނަގައިގެން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތްކޮށްފިއެވެ.

އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިސްނެގުމަށް އައިޖީއެމް ސާފުކުރުމުގެ މިހަރަކާތުގައި ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމާއި ހޮސްޕިޓަލްގެ މެނޭޖްމަންޓުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އައިޖީއެމްއެޗް ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި އައިޖީއެމްއެޗްގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Advertisement

"އައިޖީއެމްއެޗް ސާފުކުރުން ފެށިގެން މިދިޔައީ ހެނދުނު، މެންދުރު އަޅުގަނޑުމެން ވިލިމާލެއަށް ގޮސް ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތްކުރާނެ. އަދި މުވައްޒަފުންގެ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި." އައިޖީއެމްއެޗްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް