22 ނޮވެމްބަރު 2024

Advertisement

އިސްރާއީލު ނޫން ހުރިހާ ޤައުމުތަކާއެކުވެސް ގުޅުން ބާއްވާނެ: ވަޒީރު

29 ޖުލައި 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު. ފޮޓޯ: ޕީއެސްއެމް

އިޒްރޭލު ފިޔަވާ އެހެން ހުރިހާ ގައުމަކާއި ރާއްޖެއިން ރަހުމަތްތެރިކަން ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށާއި އެ ސިޔާސަތުގެ ދަށުން ރާއްޖެ ގަބޫލުކުރާ ގޮތަށް އަމަލުކުރާ ކޮންމެ ބަޔަކާއެކު ވެސް ދޭދޭ ގުޅުންތައް ރަނގަޅުކޮށް، އެމީހުންނާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހުރިހާ އެންމެންގެ ވެސް ރަހުމަތްތެރިން. އިޒްރޭލު ކަހަލަ ނޭއްގާނީ ގައުމެއް ފިޔަވާ،" ޒަމީރު ވިދާޅުވި އެވެ.

Advertisement

ޒަމީރު ވިދާޅުވީ ހުރިހާ ގައުމަކާއި ވެސް ރަހުމަތްތެރިކަން ބާއްވައިގެން ރާއްޖެ އަށް ފައިދާ ވާނެ ކަންކަން ކުރާނެ ކަމަށާއި މި ސަރުކާރުގެ 8 މަސް ނިމިގެންދާއިރު ހުރިހާ ކަމެއްވެސް ވަނީ ރައީސް ވިދާޅުވި ގޮތަށް ހާރިޖީ ސިޔާސަތުގެ ތެރެއިން ގެނެސްދެއްވާފައި ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމުގެ މަސައްކަތް ދޭދޭ ގައުމުތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނަނީ ވަރަށް އުޖާލާ ގޮތަކަށް ކަމަށާއި ރައީސް މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތައް ބޭރު ދުނިޔެއިން ބަލައިގަންނަ ކަމަށްވެސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް