ހަމާސް ގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލައިފި
ހަމާސް ގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލައިފި އެވެ.
މިކަން އީރާނުގެ ރަސްމީ މީޑިއާ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އޭނާ އަށް ހަމަލާ ދިނީ އީރާނުގެ ވެރިރަށް ތެހެރާން ގައި ހުންނަވަނި ކޮށެވެ.
ހަނިއްޔާ ތެހެރާނުގައި ހުންނަވާ އިމާރާތައް ދިން ހަމަލާގައި އޭނާގެ ބޮޑީގާޑަކުވެސް މަރުވި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.
ހަނިޔްޔާ ތެހެރާން އަށް ކުރެއްވި ދަތުރަކީ އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް ކުރެއްވި ދަތުރެކެވެ. ހަމާސް އިން ވެސް ވަނީ ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން އެކަމާ ހިތާމަ ކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ޝަހީދު ކޮށްލީ ޔަހޫދީ އިޒްރޭލް ދައުލަތުން ދިން ހަމަލާ އަކުން ކަމަށް ބުނެފައިވެއެވެ.
ހަނިއްޔާ ހުންނެވި އިމާރާތައް ހަމަލާދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އިތުރު ހަބަރު އަންނަނީ