22 ނޮވެމްބަރު 2024

Advertisement

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

22 އޯގަސްޓު 2024

ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިވަގުތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުންވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވީ ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯ ދުން އަރަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ  

Advertisement

ކޮމެންޓް