25 ނޮވެމްބަރު 2024

Advertisement

މިސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދޭނެ ސަރުކާރެއް: ވަޒީރު

24 އޯގަސްޓު 2024

މިއަދު ދިވެހިރާއްޖޭގައި މިއޮތީ އިސްލާމްދީނަށް ނަޞްރުދޭނެ ސަރުކާރެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ދީނީ ކަންކަމަށް އިސްކަން ދެއްވާ އިސްލާމްދީނަށް ނަޞްރު ދޭނެ ސަރުކާރެއްކަމަށާއި މިއީ އުފާކުރައްވަންވީ ކަމެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދީނީ ޢިލްމުވެރިން ކުރައްވާ ކޮންމެ ކަމަކަށްވެސް ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަަމަށާއި ވުޒާރާއިން ކުރިއަށް ގެންދާ ކަންކަމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅުންނަކީ ދީނީ ޢިލްމުވެރިންކަމަށެވެ. އެކަމަށްޓަކައި ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement

ކޮމެންޓް