ބެންގަލޫރްގެ 2 ހޮސްޕިޓަލަކަށް އާސަންދަ ހުއްޓާލައިފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.
އެ ދެ ހޮސްޕިޓަލަކީ ބެންގަލޫރުގެ އެސްޓާ ސީއެމްއައި އާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ.
އާސަންދައިން ބުނީ އެ ދެ ތަނުން ބަލިމީހުންނަަށް އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދުން ހުއްޓާލީ ދެ ތަނުން އެދިގެން ވަގުތީ ގޮތުން ކަމަށެވެ.
ދާދި ފަހުން އާސަންދައިން ވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އެ ހޮސްޕިޓަލަށް އާސަންދަ ހިދުމަތް މެދުކަނޑާލީ ހިދުމަތް ހޯދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގަމުންދާކަމުގެ ޝަކުވާއާ ހެދި އެވެ.
މިހާރު އާސަންްދަ ލިބޭ ބެންގަލޫރުގެ ހޮސްޕިޓަލުތައް:
* އެޕޯލޯ ހޮސްޕިޓަލް
* ދަ އައި ފައުންޑޭޝަން ސުޕަ ސްޕެޝާލިޓީ އައި ހޮސްޕިޓަލް
* ކަޑަބަމްސް ހޮސްޕިޓަލް އެންޓަ ޕްރައިޒަސް
* ސްޕާޝް ހޮސްޕިޓަލް
* ސަކްރާ ވޯލްޑް ހޮސްޕިޓަލް
* ރެއިންބޯ ޗިލްޑްރެންސް މެޑިކެއާ
* އެން ޔޫ ހޮސްޕިޓަލް-ވެސްޓް
* އެން ޔޫ ހޮސްޕިޓަލް-ސައުތު
* ނަރަޔާނާ ނެތްރަލަޔާ
* ހެލްތު ކެއާ ގްލޯބަލް އެންޓަ ޕްރައިސަސް
* ބީޖީއެސް ގްލެނީގްލްސް ގްލޯބަލް ހޮސްޕިޓަލް
އާސަންދައިގެ ދަށުން ބޭރުގެ 57 ހޮސްޕިޓަލަކުން ފަރުވާ ހޯދެ އެވެ. އަދި އޭގެ ތެރެއިން 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ.