22 ނޮވެމްބަރު 2024

Advertisement

މާލޭގައިހުރި ސީއެޗްއެސްސީގެ ޢިމާރާތުގައި ކިޔަވައިދޭން ފަށައިފި

01 ސެޕްޓެމްބަރު 2024

މާލޭ ސީއެޗްއެސްސީގައި އަލުން ކިޔަވައިދޭން ފަށައިފިއެވެ.

ހުޅުމާލޭގައި ސީއެޗްއެސްއީގެ އައު ޢިމާރާތެއް އެޅުމަށްފަހު މާލޭގައިހުރި ސީއެޗްއެސްއީގެ ޢިމާރާތުގައި ކިޔަވައިދިނުން މިދިޔަ ސަރުކާރުގައި ވަނީ ހުއްޓާލާފައެވެ. އެގޮތުން ސީއެޗްއެސްސީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔައިދޭނެް ފަށާފައިވާކަމަށެވެ. މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

Advertisement

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްސީއަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

Advertisement

ކޮމެންޓް