22 ނޮވެމްބަރު 2024

Advertisement

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ޢާންމުކޮށްފި

06 ސެޕްޓެމްބަރު 2024

  ހުޅުމާލޭގައި ރޭހިނގި އެކްސިޑެންޓާގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ޢާންމުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 02:48 ހާއިރުއެވެ. އަދި އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

Advertisement

ފުލުހުން ދަނީ އެކްސިޑެންޓްގެ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.  

Advertisement

ކޮމެންޓް