މިއަހަރުގެ ފުރަތަމަ ޓާމްގެ ޓެސްޓް ފަށައިފި
މިހާރު ކުރިއަށްދާ ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ފުރަތަމަ އިމްތިޙާން ސްކޫލުތަކުގައި މިއަދު ފަށައިފި އެވެ.
އެގޮތުން ގްރޭޑް 7-10 އަށް ފުރަތަމަ ޓާމްގެ އިމްތިހާނު ކުރިއަށް ދާނީ ފެށިގެން މި މަހު 21 އާ ހަމައަށެވެ.
ފުރަތަމަ ޓާމުގެ މުއްދަތަކީ މެއި 26 އިން މި މަހުގެ 26 އެވެ. އެގޮތުން 85 ދުވަހުގެ ކިޔެވުމަށް ފަހު، ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ މި މަހުގެ 29 އިން އަންނަ މަހުގެ 3 އާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 6 ގަ އެވެ.
ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އަންނަ މަހުގެ 6 އިން އަންނަ އަހަރުގެ މާޗް 6 އާ ހަމަަށެވެ. އެގޮތުން ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 105 ދުވަހު އެވެ.