ރަޖިސްޓްރީނުކޮށް ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ
ރަޖިސްޓްރީނުކޮށް އަދި ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގައި ސިއްހީ އެއްވެސް ހިދުމަތެއް ދެވޭނީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެ ތަން ރަޖިސްޓްރީކޮށް އަދި އޮޕަރޭޓިން ލައިސެންސް ހޯދުމަށް ފަހު އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެކެވެ. މި ފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަލާނެކަން އަންގާ މިނިސްޓްރީން މިހާރުވަނީ އިއުލާންކޮށްފައެވެ.
ސިއްހީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ރާއްޖޭގައި ދެވޭނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސެންސް ހޯދުމަށް ފަހު އޮތް ނަމަވެސް ބައެއްފަރާތްތަކުން ހުއްދަ ނުހޯދާ ސިއްޙީ ޚިދުމަތް ދެމުންދާކަން މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފައެވެ.