22 ނޮވެމްބަރު 2024

Advertisement

ރައީސް އަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަނީ

26 ސެޕްޓެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްުޒަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވަނީ "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި، ސޯޝަލް މީޑިއާގައި ރައީސުލްޖުމުހޫރިއްޔާއަށް މަރުގެ އިންޒާރު މީހަކު ދީފައިވާ މީހެއްގެ މައްސަލަ ސީރިރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އިންޒާރު ދީފައިވަނީ މީސްމީޑިއާގައި އެމަނިކުފާނު ކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.

މިފަދަ މައްސަލަތަކަކީ އަބަދުވެސް ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.  

Advertisement

ކޮމެންޓް