22 ނޮވެމްބަރު 2024

Advertisement

ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވައިފި

26 ސެޕްޓެމްބަރު 2024

ކުޅުދުއްފުށީ ސިޓީގައި ޕަބްލިކް ލައިބްރައީއެއް ހުޅުވައިފި އެވެ.

ސިޓީ ކައުންސިލުން ހުޅުވި މި ލައިބްރަރީއަކީ ޒަމާނީ ލައިބްރަރީއެކެވެ. އެގޮތުން 2، 000 އަށްވުރެ ގިނަ ފޮތާ އެކު ހުުޅުވި ލައިބްރަރީ އަށް ކައުންސިލުން 63،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެތަނަށް އެކި ވިޔަފާރިތަކާއި ހައި ކޮމިޝަންތަކާއި ބައެއް އިދާރާތަކާއި އަދި އާންމުން ވެސް ފޮތް ހަދިޔާކޮށްފައިވެ އެވެ.

Advertisement

ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީން ވަރަށް ގިނަ ލިބިގެންދާ އިރު އެތަނުގެ މެމްބަރަކަށްވުމަށްޓަކައި ކޮންމެ ފަރާތަކުން ވެސް "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު" ހުށަހަޅަން ޖެހެ އެވެ.

މެންބަޝިޕް ހެއްދޭނީ މަދުވެގެން 3 މަހުގެ މުއްދަތަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެންބަރުންނަށް ވެވެވޭނެ އެވެ.

Advertisement

ކޮމެންޓް