މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ
ދ. ކުޑަހުވަދޫ ކައިރީގައި އޮތް މަސްދޯންޏެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި ރޯވިކަނުގެ މައުލޫމާތު ލިބުނީ 6:30 ހާއިރު ކަމަށެވެ. އެގޮތުން ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.