25 ނޮވެމްބަރު 2024

Advertisement

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް ހުޅުވާލައިފި

16 އޮކްޓޯބަރު 2024

ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މި ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހަޅާލެވޭ 3 ވަނަ އަހަރެވެ. މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

މި އަހަރުވެސް ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެއެވެ. މިގޮތުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. 

Advertisement

ބީއެމްއެލް ސްކޮލަރޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު 6 ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ. 

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 10 ނޮވެންބަރު 2024 ގެ ނިޔަލަށް  [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. 

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund  އިން ލިބޭނެއެވެ.

Advertisement

ކޮމެންޓް