ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކްގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.
ގައުމީ ބޭންކްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ގައުމީ ބޭންކަށް ސީއީއޯއެއް ހޯދަން ހުޅުވައިލީ މިދިޔަ މަހުގެ 22 ގަ އެވެ.
ބޭންކުގެ ސީއީއޯކަމަށް ހުޅުވާލުމުން ކުރިމަތި ހަމައެކަނި ދިވެއްސަކީ ޝަރީފެވެ. އޭނަ ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އޭނަ އިސްތިއުފާ ދެއްވީ 2020 ގަ އެވެ. ޝަރީފު އެންމެ ފުރަތަމަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1995 ގަ އެވެ.
ޝަރީފަކީ ގައުމީ ބޭންކްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކަށް އައްޔަންކުރި ފުރަތަމަ ދިވެހި ސީއީއޯ އެވެ.
ބީއެމްއެލް އިން ދާދި ފަހުން "މާލީ ބަޢާވާތެއް" ގެންނަން އުޅުނު ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަމުން އަންނަކޮށް ކާލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭންކް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ މިހާރު ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ.