ދިރާގު ރޯޑް ރޭހަށް ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
މިމަހުގެ 25 ވާ ހުކުރު ދުވަހުގެ ބައެއް ގަޑިތަކުގައި ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
ދިރާގުން ބާއްވާ ރޯޑް ރޭސް އާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބަންދުކުރަން ނިންމާފައިވާ މަގުތަކުގެ ތެރޭގައި ހިމެނެނީ ފެތިރޯނު މަގާއި މިދިލި މަގާއި ހައިވަކަރުމަގާއި އޯކިޑްމާ ހިނގުމާއި ކުރެދިމާ ހިނގުމުގެ ބަޔަކާއި ރީތިގަސް މަހުގެ ބައެއް ސަރަހައްދުތަކެވެ.
އަދި މިމަގުތައް ބަންދުކުރުމުގެ އިތުރުން މިމަގުތަކާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ރީތިގަސް މަގުގެ ސައިމާ ހިނގުމުން ދެކުނު އެއްކޮށްޅަށް ދުއްވާ ގޮތަށް ބަދަލުކުރުމާއި ބަންފްސާ ހިނގުމާއި ކުރިކީލަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ގެނައުމަށްވެސް ވަނަީ ނިންމާފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ މި ބަދަލުތައް ގެންނާނީ 25 އޮކްޓޫބަރ 2024 ގެ ފަތިހު 4:00 އިން ހެނދުނު 9:15 އަށާއި ހަވީރު 3:30 އިން ފެށިގެން 6:15 އާއި ހަމައަށް ކަމަށެވެ.
ޓްރެފިކަށް އަންނަ ބަދަލުތަކުގެ އިތުރުން ރޯޑްރޭސްގައި ބައިވެރިވާ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދުތައްވެސް ވަނީ ކަނޑައަޅާފައެވެ.