21 ނޮވެމްބަރު 2024

Advertisement

މިރޭ 'އިންޑިއަން އައިޑޮލް 15' ފަށަނީ

26 އޮކްޓޯބަރު 2024

ސޮނީ ޓީވީން ގެނެސްދޭ "އިންޑިއަން އައިޑޮލް" ގެ 15 ވަނަ ސީޒަން މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ޝޯ ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. މިރޭ "އިންޑިއަން އައިޑޮލް 15" ފެށުމަށް ފަހު ކޮންމެ ހޮނިހިރަކާއި އާދީއްތަ ދުވަހުގެ ރޭ ޝޯގެ އެޕިސޯޑްތައް ގެނެސްދޭނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ އާ ސީޒަންގެ ޖަޖުންނަކީ ކުރިން ވެސް ޝޯގެ ޖަޖްކަން ކޮށްފައިވާ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ވިޝާލް ދަދްލާނީ އާއި ޝްރެޔާ ގޯޝާލްގެ އިތުރުން ބާދްޝާ އެވެ.

Advertisement

މި އަހަރުގެ މާޗް މަހު ނިންމާލި "އިންޑިއަން އައިޑޮލް 14" ކާމިޔާބުކޮށްފައި ވަނީ ވައިބާވް ގުޕްތާ އެވެ.

"އިންޑިއަން އައިޑޮލް" 2004 އިން ފެށިގެން ގެނެސްދެމުން އަންނަ އިރު، މި ޝޯގައި ވާދަކޮށްގެން އެތައް ފަންނާނަކު މިހާތަނަށް މިއުޒިކީ ކެރިއަރު ބިނާކޮށްފައިވެ އެވެ.

Advertisement

ކޮމެންޓް