07 އޭޕްރީލު 2025

Advertisement

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ރާއްޖެވަޑައިގަތުމުގެ ދަޢުވަތު ދެއްވައިފި

27 އޮކްޓޯބަރު 2024

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް އިނގިރޭސި ރަސްގެފާނު ޗާރލްސް 3 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނާއިބުރައީސް ހުސައިން މުޙައްމަދު ލަތީފު ދަޢުވަތުދެއްވައިފިއެވެ.

ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ސަމޯއާއަށް ކުރެއްވި ދަތުރުފުޅުގައި ރަސްގެފާނު ޗާރލްސްއާއި ބައްދަލުކުރައްވައި ނާއިބުރައީސް ވަނީ ރަސްގެފާނަށް ފަސޭހަ ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ދަޢުވަތު އަރުވާފައެވެ.

ނާއިބުރައީސް ރަސްގެފާނާއި ބައްދަލުކުރެއްވީ ކޮމަންވެލްތް ގައުމުތަކުގެ އެންމެ އިސްވެރިންނަށް ރަސްގެފާން ބޭއްވި ފަރީއްކޮޅުގައެވެ.

Advertisement

މިބައްދަލުވުމުގައި ނައިބް ރައީސް ވަނީ މި އަހަރުގެ ކޮމަންވެ؛ްތް ބައްދަލުވުމުގެ ކާމިޔާބީއަށް އެހީތެރިކަން ފޯރުކޮށްދެއްވައި ހަމަޖެއްސެވި އިންތިޒާމްތަކަށް ޝުކުރު ދަންނަވާފައެވެ.

ރަސްގެފާނު ޗާރލްސްގެ މަންމާފުޅު، އިނގިރޭސި ރާނީ އެލިޒަބަތު 2 ވެސް ވަނީ ކުރިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. ރާނީ އެލިޒަބަތު ރާއްޖެ ވަޑައިގެންނެވީ 1972 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.

Advertisement

ކޮމެންޓް