ރަހީނު ކުރި މައްސަލައިގައި 12 މީހަކަށް މުއްދަތު ޖަހައިފި
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއް ތެރޭ މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުންގެ ހާއްސަ ޔުނިޓަކުން އެތަނަށް ގޮސް ބާރުގެ ބޭނުން ކޮށްގެން އެޕާޓްމަންޓަށް ވަދެ ރަހީނު ކޮށްފައި ހުރި މީހާ ސަލާމަތްކޮށް އެތަނުގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވަތްއިރު ރަހީނުކޮށްފައިވާ މީހާގެ ބޯ ހުރީ ބާލާފައެވެ. އަދި އޭރު އޭނާގެ އިނގިލިތައް ބުރިކުރަން އެމީހުން ދިޔައީ މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ފަސް މީހުން ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަތް މީހުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެ މީހާ ރަހީނު ކޮށްފައި ހުރި އެޕާޓުމަންޓަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން ފުލުހުން މީގެކުރިން އެކި ފަހަރުމަތިން ރެއިޑްކޮށްފައިވާ ތަނެކެވެ.