08 އޭޕްރީލު 2025

Advertisement

އެސްޓީއޯ ރޭޓްގައި މާދަމާ އިން ފެށިގެން 4 ރަށަކުން ތެޔޮ ލިބޭނެ

09 ޑިސެމްބަރު 2024

މާދަމާއިން ފެށިގެން ރާއްޖޭގެ ހަތަރު ރަށަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިކަން އިއުލާންކުރެއްވީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ގާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުތެރޭ ކޮންމެ މަހެއްގައި ވެސް ކޮންމެވެސް އަތޮޅެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމުކޮށް އަސާސީ ރޭޓުގައި ތެޔޮ ފޯރުކޮށް ދިނުމަށް ނަމަވެސް އިތުރު މަސައްކަތްތަކެއް ކުރެވި، ތާވަލަށް ވުރެ އަވަހަށް ހަތަރު ރަށަކުން އެސްޓީއޯ ރޭޓުގައި މާދަމާ އިން ފެށިގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement

އެއީ ކ. ހިންމަފުއްޓާއު ޅ. ފެލިވަރާއި ކޫއްޑޫގެ އިތުރުން އައްޑޫ ހުޅުމީދު އެވެ.

ރައީސް ވިދާޅުވީ އެ ރަށްތަކުގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާ އިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔި ލިބޭނެ ކަމަށެވެ.

"އަދި ކޫއްޑު އާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލްތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން." ރައީސް ވިދާޅުވި އެވެ.

ކޮންމެ އަތޮޅަކުން އަސާސީ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، "ފިއުލް ސްޓޯރޭޖްތައް" ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރީމިދިޔަ މަހުގެ 7 ގަ އެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 19 ރަށެއްގައި މި އިންތިޒާމުތައް ހަމަޖައްސައި 2026 ގެ ފެބްރުއަރީގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް އެސްޓީއޯ އިން ނިންމާނެ އެވެ.

Advertisement

ކޮމެންޓް