13 މާރިޗު 2025

Advertisement

ރޯދަ މަހު މަޖިލިސް ބަންދުކުރަނީ

13 ފެބްރުއަރީ 2025

ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފި އެވެ.

މި އިސްލާހު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު ރިފާއު (ބޮޗޭ) އެވެ.

އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.

Advertisement

ރިފާއު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

މި އިސްލާހަށް އާންމު ކޮމިޓީގައި ވާހަކަދެއްކުމަށް ފަހު، އެ ކޮމިޓީން ވަނީ މި އިސްލާހަށް ބަދަލެއް ގެނައުމެއް ނެތި ފާސްކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6 ގަ އެވެ.

Advertisement

ކޮމެންޓް