ގާސިމްގެ އުފަންރަށުގައި މިސްކިތެއް ބިނާކޮށްފި
ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ ގާސިމް އިބްރާހީމް އޭނަގެ އުފަން ރަށް، އދ. މާމިގިލީގައި ބިނާކޮށް ދެއްވި މިސްކިތް ހުޅުވައިފި އެވެ.
މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ބިނާކޮށް ދެއްވި "މަސްޖިދު ޒިކުރާ" ހުޅުވީ އިއްޔެ މަޢުރިބް ނަމާދަށެވެ މިސްކިތް ހުޅުވައި ދެއްވީ ވެސް ގާސިމެވެ.
އެ މިސްކިތަކީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ބިނާކޮށް ދެއްވި މިސްކިތެއް ކަމަށާއި އެތަނުގެ މަސައްކަތް ނިންމައިލީ 57 ދުވަހުގެ ތެރޭގައި ކަމަށް މާމިގިލީ ކައުންސިލުން ބުންޏެވެ. ދުވަސް ކަމަށެވެ. މިސްކިތުގެ ބިންގާ އެޅީ ޑިސެމްބަރު މަހުގެ 14 ގަ އެވެ.
މާމިގިއްޔަކީ އާބާދީގައި 2،000 އަށްވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.