09 މާރިޗު 2025

Advertisement

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރެއް ގެންދަނީ

06 މާރިޗު 2025
ފޮޓޯ: ޕީއެސްއެމް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ނުލިބި، މި ރޯދަ މަހުގެ މިހާތަނަށް ވެސް އެކި ވަގުތުތަކުގައި ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކަނޑަމުންނެވެ.

މިކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާ އިރު އިސް ފެނަކައިގެ އިސްވެރިންތަކެއް މި ވަގުތު ތިބީ އައްޑޫގަ އެވެ.

Advertisement

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ،މިމައްސަލަ ހައްލު ކުރުމަށް އަންނަ ހަފުތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑު ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުރިހާ ޖަނަރޭޓަރުތަކުގެ ސްޕެއާތައް ވެސް އެބަހަރު އައްޑޫގައި. ޖަނަރޭޓަރަށް ދިމާވި މައްސަލަތަކެއް އެ ދިމާވީ. ދެން ސްޕެއާ ހުރެގެން މަރާމާތު ކުރަމުން މި އަންނަނީ. ކުރީގައި މި ދެންނެވި ޓައިމް ޕީރައަޑަށް ރޯދައިގެ ކުރިން މައްސަލަ ހައްލު ކުރަން ހުރިހާ ސްޕެއާ ހުންނާނީ އައްޑޫގައި،" އެނަ ވިދާޅުވި އެވެ. "އޭރު ވާހަކަ ދެކެވުނު ގޮތަށް އިތުރު ޖަނަރޭޓަރުތަކެއް އައްޑު އަށް އެބަގެންދަން. ދެން އިތުރު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަގެންދަން. އިތުރަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިފެށޭ ހަފްތާ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަނީ."

ނަޖާހް ވިދާޅުވީ މިހާރު އިތުރުވާ ދެ ޖަނަރޭޓަރާއެކު، މިހާރު ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.

"މިހާރު ހަލާކުރެވިފައި ހުރި އެއްޗެއްސަށް ބޭނުންވާ ސްޕެއާ ވެސް އެބަހުރި. ދެން އިންޖީނުތައް އޯވަހޯލް ކުރުމުގެ މަސައްކަވެ ސް އަޅުގަނޑުމެން ފައްޓާނަން. ކިޓްތައް ލިބޭ ވަރަކުން މި މަސައްކަތް ކުރަމުން ދާނީ،" އޭނަ ވިދާޅުވި އެވެ. "ރޯދަ މަހަށް ޖަނަރޭޓަރުތަކެއް ޑައުންކޮށްފިއްޔާ ރައްޔިތުންނަށް ތަކުލީފުތަކެއް އައިސްދާނެ. އަޅުގަނޑުމެން މި ބަލަނީ އައު ދެ ޖަނަރޭޓަރާއެކު ނުކަނޑާ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތަކަށް މިރާވަނީ. ޖަނަރޭޓަރު ލިބުނީމަ އެމަސައްކަތް ފަށާނަން."

އައްޑޫން ކަަރަންޓް ކެނޑޭ މައްސަލައިގައި މިއަދު ހަވީރު ފެނަކައާ ދެކޮޅަށް ހިތަދޫގައި މުޒާހަރާ ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް