09 މާރިޗު 2025

Advertisement

ކެލިފޯނިއާގެ ގަވަރުނަރަކަށް ކަމަލާ ވާދަ ކުރަނީ

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އެ ގައުމުގެ ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރަކަށް ވާދަކުރައްވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެ ކަމަނާ އަށް ފުރުސަތު ވެސް ދީފައިވާ ކަމަށެވެ. އެހެންވެ ގަވަރުނަރުކަށް ވާދަކުރެއްވުމާ މެދު މެއި މަހުގެ ތެރޭގައި ކަމަލާ ގޮތެއް ނިންމަވާނެ ކަމަށް އެކަމަނާގެ ގާތް ބޭފުޅުންތަކަކާ ހަލާވާ ދެއްވައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކެލިފޯނިއާ އަށް އާ ގަވަރުނަރަކު ހޮވާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

Advertisement

މިހާރު އެ މަގާމުގައި ހުންނެވީ ގެވިން ނިއުސަނެވެ. ދައުރު ހަމަވާތީ އެވެ. އޭނަ ގަވަރުނަރު ކަމަށް އިންތިހާބުވެވަޑައިގަތީ 2019 ގަ އެވެ. ގެވިން، 57، އަކީ ކެލިފޯނިއާގެ 40 ވަނަ ގަވަރުނަރެވެ.

ކަމަލާ، 60، އެމެރިކާގެ ނައިބު ރައީސްކަން އެންމެ ފަހުން އެ ގައުމުގެ ވެރިކަން ކުރެއްވި ރައީސް ޖޯ ބައިޑެންގެ ދައުރުގައި 2021-2025 އަށެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރެއްވީ ވެސް ކަމަލާ އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕެވެ.

Advertisement

ކޮމެންޓް