09 މާރިޗު 2025

Advertisement

ފައިދާވާ ކުންފުންޏަކަށް މިފްކޯ ހަދާނަން: ސީއީއޯ ފަރުޙަތު

08 މާރިޗު 2025

މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށް މިފްކޯގެ އައު ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަން ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ މަޤާމަށް ފަރުޙަތު އައްޔަންކޮށްފައިވަނީ ކުރީގެ ސީއީއޯ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ. ފަރުހަތު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ފަރުހަތު ވިދާޅުވީ ކަމާއި ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން މި އަމާޒަށް ވާސިލްވެވޭނެކަން ޔަޤީންކުރައްވާ ކަމަށެވެ. އޭނާ ވަނީ މިފްކޯގެ މިހާރު އޮތް ހާލަތު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement

ކޮމެންޓް