10 މާރިޗު 2025

Advertisement

އަޒްމިރަލްދާ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ޖޭއެސްސީން ނިންމައިފި

09 މާރިޗު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި ނަމަވެސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަން ހަމަޖެހިފައިވާ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން މިއަދު ވަނީ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ޖޭއެސްސީން ވަނީ އެ އެދިވަޑައިގަތުން ބަލައިނުގަނެ އަޑުއެހުން ބަންދު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ޖޭއެސްސީން މިހާރު ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. މާދަމާ އޭނާ ހާޒިރުކުރެވެނީ މި މައްސަލައާ ގުޅިގެންނެވެ.ދެވަނަ މައްސަލައަކީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ ބައިވެރިވެވަޑައިގަތް މައްސަލައެވެ.

Advertisement

މި މައްސަލަތައް ބެލެމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ގާނޫނީ ގިނަ ބޭފުޅުން އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ފާހަގަކުރައްވާފައިވާއިރު، އަދި މިހާތަނަށް ރައީސް އެ ބިލު ތަސްދީގު ކުރައްވާފައެއް ނުވެއެވެ.

Advertisement

ކޮމެންޓް