17 އޭޕްރީލު 2025

Advertisement

ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ މަދުވަނީ

08 އޭޕްރީލު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓްކުން ފައިސާ މަދުވާ ކަމަށް ބުނެ އެކި މީސްމީހުން ސޯޝަލް މީޑިއާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން މިފަދަ ވާހަކަތަކެއް އެކި މީސްމީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން ނުކުރާ މުއާމަލާތްތަކަށް ޑަބަލްކޮށް ޓްރާންސެކްޝަން ހަދާފައިވާ ކަމަށާއި ނުކުރާ މުއާމަލާތްތަކަށް އެކައުންޓް ފައިސާ އުނިކުރަމުންދާ ކަމަށް ވެސް އެކި މީހުން ބުނެފައިވެ އެވެ.

އެހެންވެ މިކަމާ ގުޅިގެން ގައުމީ ބޭންކާ މެދު ކަސްޓަމަރުންތަކެއް އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Advertisement

މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނެފައި ވަނީ މައްސަލަ ފާހަގަ ކުރެވި، އެކަން ހައްލު ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ މަދުވި މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި ބޭންކްގެ މުވައްޒަފުންތަކެއް ކަސްޓަމަރުންތަކެއްގެ އެކަައުންޓްތަކުން "ވައްކަންކުރި" މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.

ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ މަދުވާތީ ކަސްޓަމަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ދާދި ފަހުން "އޮޅިގެން" ބައެއް ކަސްޓަމަރުންގެ އެކައުންޓްތަކަށް ބީއެމްއެލް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަތަކެއް ވެސް ދިމާވި އެވެ.

Advertisement

ކޮމެންޓް