10 މޭ 2025

Advertisement

އައިޖީއެމްއެޗުން ނަރުހުންގެ ވަޒީފާއަށް ހުޅުވައިލައިފި

10 އޭޕްރީލު 2025

އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ހޯދަން އިއުލާންކުރީ ދެ ރޭންކަކުން ދާއިމީ ރަޖިސްޓާޑް ނަރުހުންނެވެ. ނަރުހުން ހޯދާ ދެ ރޭންކަކީ 5 އާއި 7 އެވެ.

ރޭންކް 5 ގެ ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 11،428ރ. އެވެ. މީގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 5،333ރ. އާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވަހަކަށް 144ރ. ލިބޭނެ އެވެ. ރޭންކް 7 ގެ ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 13،057ރ. އެވެ. އަދި މަގާމުގެ އެލަވަންސަށް 6،094ރ އާއި ހާޒިރީ އެލަވަންސަށް ދުވާލަކަށް 165ރ. ލިބޭނެ އެވެ.

Advertisement

އައިޖީއެމްއެޗްގައި މަަސައްކަތް ކުރަން ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 8 އާ ހަމައަށެވެ.

Advertisement

ކޮމެންޓް