18 އޭޕްރީލު 2025

Advertisement

ޝަމްޢާނުގެ ބަންދު އަމުރުގެ އިސްތިއުނާފު މައްސަލަ ބަލައިގަނެފި

10 އޭޕްރީލު 2025

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްޢާން ވަހީދު 15 ދުވަހަށް ބަންދުކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

އޭނަ މިދިޔަ މަހުގެ 21 ގައި މަގާމުން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި ވަކީލުންގެ ފަރާތުން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އިސްތިއުނާފު މައްސަލަ ބަލައި ގަންނަން ނިންމީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލު ކުރުމަށް ފަހު އެވެ. އެގޮތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ނިންމީ އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Advertisement

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމެވެ.

ޝައްމާނާއި އިމިގްރޭޝަނުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުން އަންނަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނަގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ޝަމާން މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

Advertisement

ކޮމެންޓް