19 އޭޕްރީލު 2025

Advertisement

ރިސޯޓް ކައިރިން ފެނުނު ކިނބޫ ސިފައިން ހިފައިފި

18 އޭޕްރީލު 2025

މާލެ އަތޮޅު ރިސޯޓެއް ކައިރިން ފެނުނު ކިނބޫ ސިފައިން ހިފައިފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ އެ ރިސޯޓު ކައިރީގައި ޖަހާފައިވާ ގާތައް މަތިން ކިނބުލެއް ހަރަކާތްތެރިވާ މަންޒަރެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ވަރު- ބައި އެޓޮމޮސްފެއަރ ކައިރިން ފެނުނު ކިނބޫ މިހާރު ހިފައި، އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Advertisement

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކިނބޫ ފެނެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ށ. އަތޮޅު ފަރުކޮޅު ނަމަކަށް ކިޔާ ފަޅުރަށަކުން ބޮޑު ކިނބުލެއް ވަނީ ފެނިފައެވެ. މި ކިނބުލުގެ ދިގު މިނުގައި ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް