ރާއްޖޭގައި އޯލެވެލް އިމްތިޙާނު ފަށައިފި
މިއަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފިއެވެ.
އޯލެވެލް އިމްތިހާނުގައި މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން ފުރަތަމަ އިސްލާމް އަދި ދިވެހި މާއްދާ ކުރިއަށްދާނެއެވެ. މީގެ އިތުރުން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއަށްގެންގޮސްފައެވެ.
މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރަކު ބައިވެރިވިއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.